ޔޫރަޕުން ޔަހޫދީން ފައްސާލުމަށް މަސައްކަތް ކުރި އެޑޮލްފް ހިޓްލަރު އުފަންވި ގޭގައި އިންސާނީ ހައްގަށް މީހުން ތަމްރީނު ކުރާ މަރުކަޒެއް ބިނާ ކުރުމަށް ނިންމައިފިއެވެ. އެ ގޭގައި ހިޓްލަރު އުފަންވީ 20 އެޕްރީލް 1889ގައެވެ.
އޭނާ ގެގޭގައި އެންމެ ތިން އަހަރު ހޭދަ ކުރިނަމަވެސް، ޒަޔަނިސްޓް ޔަހޫދީންނާ ދެކޮޅުވެރި މީހުން ޒިޔާރަތް ކުރުމަށް އެއީ މަގްބޫލު މަންޒިލެކެވެ.
100 އަހަރު ވަންދެން އެގޭގެ މިލްކުވެރިކަމުގައި އުޅުނު މީހާއާ ދެކޮޅަށް ކޯޓު ކޭސް އެއް ހިންގުމަށްމަފު އޮސްޓްރިއާ ސަރުކާރުން ވަނީ 9 ލައްކަ ޑޮލަރުގެ ބަދަލެއް ދިނުމަށްފަހު އެގެ ސަރުކާރަށް ނަގާފައެވެ.
މަރާމާތަށް ފހު އެގޭގައި އިންސާނީ ހައްގުތަކަށް މީހުން ތަމްރީން ކުރާ މަރުކަޒަކާއި ފުލުހުންގެ މަރުކަޒެއް ބުނާ ކުރާނެއެވެ. އެއީ އަށްހާސް އަކަފޫޓުގެ ބިމެކެވެ.
މި ގޭގައި ހަދާ އިންސާނީ ހައްގަށް މީހުން ތަމްރީން ކުރާ މަރުކަޒުގައި ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނު މީހުންނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކައި އެކަމަށް ދުނިޔެ ހޭލުންތެރި ކުރާނެތޯއާ މެދު ސުއާލު އުފެދެއެވެ.
ނާޒީގެ އަމަލުތަކުގެ ނިވަލުގައި އިޒްރޭލުން ދަނީ ޒަޔަނިސްޓް ޔަހޫދީ އަމަލުތަކަށް ފާޑުކިޔާ މީހުން ބެލެކްމެއިކް ކޮށް ބަދަލު ހޯދައި އިޒްރޭލަށް ސަޕޯޓު ކުރުމަށް މަޖުބޫރު ކުރަމުންނެވެ.
The post ހިޓްލަރުގެ މައިފުނަގެއަށް ބަދަލު ގެންނަނީ first appeared on ކާފު އޮންލައިން.