އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އޮސްޓްރޭލިއާއިން ކިޔާފައި ވަނީ އާދަޔާ ޚިލާފް މަރުޙަބާއެކެވެ. މި ދަތުރުން "އޮސްޓްރޭލިއާ އާއި އިންޑިއާގެ އެކުވެރިކަން އިތުރުކޮށްދޭނެ" ކަމށް މޮދީ ވިދާޅުވެއެވެ.
ސިޑްނީ ދަތުރުފުޅުގައި އޮސްޓްރޭލިއާގެ ވަޒީރު އެންތޮނީ އަލްބަނީޒް އަށް ދެއްވި މެހެމާންދާރީއަށް މޮދީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ދެ ލީޑަރުން އިންޑިއާ-އޮސްޓްރޭލިއާގެ އައު އެކުވެރިކަމެއް ދިރުވާމް އެއްބަސްވެވަޑައިގެންފައި ވެއެވެ.
ތިން ދުވަހުގެ ދަތުރުފުޅުގައި މޯދީ ވަނީ އޮސްޓްރޭލިއާގެ ބޮޑު ވަޒީރާއެކު ބައިލެޓަރަލް މަޝްވަރާތަކެއް ކުރައްވައި، އޮސްޓްރޭލިއާގައި ދިރިއުޅޭ އިންޑިއާ މީހުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
ވިޔަފާރިވެރިންގެ ބައެއް ލީޑަރުންނާއި އޮސްޓްރޭލިއާގެ މަޝްހޫރު ރައްޔިތުންނާ ވެސް މި ދަތގުރުގައި މޮދީ ބައްދަލުކުރެއްވި އެވެ.
ކޮމިއުނިޓީ އިވެންޓް ބާއްވާފައިވާ ސިޑްނީ އޮލިމްޕިކް ޕާކުގައި ހުންނަ ކުޑޯސް ބޭންކް އެރީނާގައި އިންޑިއާގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވިއެވެ. ކޮމިއުނިޓީ އިވެންޓުގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ވަނީ ބޮޑު ވަޒީރު މޯދީއާ ބައްދަލު ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އައުމުން އުފާފާޅު ކުރައްވާފައެވެ.
The post މޮދީއަށް އޮސްޓްރޭލިއާގައި ހޫނު މަރުހަބާއެއް first appeared on ކާފު އޮންލައިން.