ބަނގްލަދޭޝްއާއި އިންޑިއާއާ ދެމެދުގެ ރޭލްވޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާއަށް ބަނގްލަދޭޝްއަށް ރޭލްވޭގެ 20 އިންޖީނު އިއްޔެ ހަދިޔާކޮށްފިއެވެ. 2020ގެ ޖޫން މަހުވެސް އިންޑިއާއިން ބަންގްލަދޭޝްއަށް ރޭލްވޭގެ 10 އިންޖީނު ހަދިޔާ ކުރިއެވެ.
އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު މިހާރުވެސް ތިން ރޭލް ދަތުރު ކޮންމެ ދުވަހަކު އޮވެއެވެ. އެއިން ދެ ދަތުރަކީ ޑާކާއަށް އޮންނަ ދަތުރުތަކެވެ.
އިންޑިއާގެ ފަސް ސަރަހައްދަކުން ބަންގްލަދޭޝްއާ ދެމެދު ދަތުރު ކުރެވެއެވެ. އަދި އިތުރު ދެ ޕޮއިންޓެއް ހުޅުވުމަށްވެސް ނިންމާފައ ވެއެވެ. ދެގައުމުގެ ދެމެދު ދަތުރުތައް އިތުރު ވުމުގެ ސަބބުން އިންޑިއާގެ އެކަހެރި އިރު އުތުރު ސްޓޭޓްތަކަށް ފަސޭހައިން މުދާ އެތެރެ ކުރެވޭނެއެވެ.
އިންޑިއައަކީ ރޭލް އިންޖީނު ގިނައިން އެކސްޕޯޓ ްކުރާ ގައުމެކެވެ. އެންމެ ފަހުން އިންޑިއާއިން ވަނީ 54 ރޭލު އިންޖީނު މޮޒަމްބީކަށް އެކްސްޕޯޓް ކޮށްފައެވެ.
The post އިންޑިއާއިން ބަންގްލަދޭޝްއަށް ރޭލު އިންޖީނު ހަދިޔާ ކޮށްފި first appeared on ކާފު އޮންލައިން.