މިއަދުން ފެށިގެން، ބާ މުސްހަފުތަކާއި ދީނީ ފޮތްތައް ފަދަ ތަކެއްޗާ ސިޓީ ކަައުންސިލުން ހަވާލުވާނެ

Sat, 27 Apr 2024 12:14 PM

View on this article on Huvadhoo News

މިއަދުން ފެށިގެން، ބާ މުސްހަފުތަކާއި ދީނީ ފޮތްތައް ފަދަ ތަކެއްޗާ ސިޓީ ކަައުންސިލުން ހަވާލުވާނެ

މާލޭގެ ގެތަކުގައި ހުރި ބާ މުސްހަފާއި، ގުރުއާނުގެ އާޔަތް އަދި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް ނައްތާލުމަށް މިއަދުން ފެށިގެން ސިޓީ ކައުންސިލުން ހަވާލުވާން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ގެތަކުގައި ހުރި މިފަދަ ފޮތްތައް ނައްތާލުމަށް އެކައުންސިލުން ހަވާލުވާނެ ކަމަށެވެ.  މި ތަކެއްޗާއި ހަވާލުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 4:00 އަށެވެ. މި ތަކެއްޗާއި ހަވާލުވާނީ ތައިސޭކޮށި، ސިޓީ ކައުންސިލުގެ ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންނެވެ.

މިއަހަރުން ފެށިގެން، ކޮންމެ އަހަރަކު ދެފަހަރަށް މާލޭގެ ގެތަކުގައި ހުރި ބާ ދީނީ ފޮތްތައް ނަތާލުމުގެ އިންތިޒާމް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.



މީގެ ކުރިން ސިޓީކައުންސިލުން ކުރި އިއުލާނެއްގައި އެކައުންސިލުން މިފަދަ ފޮތްްތަކާއި ލިޔުންތައް އަދި ބާ މުސްހަފުތައް ނަގާނެ ވާހަކަ ބުނެފައިވެއެވެ



More from Huvadhoo News