ގެމަނަފުށި ދާއިރާގާއި މިރޭ ހަވާ އަރުވަނީ

Sat, 27 Apr 2024 10:46 AM

View on this article on Huvadhoo News

ގެމަނަފުށި ދާއިރާގާއި މިރޭ ހަވާ އަރުވަނީ
ޕީއެންސީގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވާގޮތަށް ހަމަޖެހިއްޖެއެވެ.
ގެމަނަފުށި ދާއިރާގައި މިރޭ ހަވާއެރުވުން ކުރިއަށްދާއިރު މިރޭ ހަވާއެރުވުން އޮންނާއި ދެއްވަދޫގައެވެ.
އެއަށްފަހު ދާއިރާގެ އެހެންރަށްތަކުގައިވެސް ހަވާ އެރުވުން އޮންނާނެ ކަމަށް  އަސަދުގެ ޓީމުން ވަނީ ބުނެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވާ އެރުވުމުގެ ހަރަކާތަށް ވީހާވެސް ގިނަބަޔަކަށް ވަނީ ދައުވަތު އަރުވާފައެވެ
މިރޭ ހަވާއެރުވުން އޮންނީ 20:00 ގައި ގއ ދެއްވަދޫ (ބަނދަރުމަތި)ގައެވެ.
މާދަމާ ރޭ އެ ދާއިރާގެ ކަނޑުހުޅުދޫގައި އޮންނަންއިރު، 29 ވަނަ ދުވަހުރޭ ގެމަނަފުށީގައި ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި އަސަދު ވާދަކުރީ 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައިދެއެވެ.
ސައިދާއި ވާދަކޮށް އަސަދަށް ލިބިލެއްވީ 1362 ވޯޓެވެ. އެއީ  ލިބުނު ވޯޓްގެ ނިސްބަތުން 99. 54  އިންސައްތައެވެ.
އަހުމަދު ސައިދަށް ދާއިރާއިން ލިބުނު ވޯޓްގެ އަދަދަކީ 1115 އެވެ.
އެއީ ލިބުނު ވޯޓްގެ ނިސްބަތުން 45.01 އިންސައްތައެވެ.




More from Huvadhoo News