މަޑަވެލި ރައްޔިތުން ޕީއެންސީއަށް ވޯޓްދިނީ ހުސް ގޮނޑިއެއް ދައްކައިގެންނޫން، މަޑަވެލި ރައްޔިތުން ވޯޓްދިނީ ތަރައްގީއަށް: މުއާޒު

Fri, 26 Apr 2024 04:38 PM

View on this article on Huvadhoo News

މަޑަވެލި ރައްޔިތުން ޕީއެންސީއަށް ވޯޓްދިނީ ހުސް ގޮނޑިއެއް ދައްކައިގެންނޫން، މަޑަވެލި ރައްޔިތުން ވޯޓްދިނީ ތަރައްގީއަށް: މުއާޒު

މަޑަވެލި ދާއިރާގެ ރައްޔިތުން ޕީޕީއެމް/ޕީއެންސީއަށް ދެއްވި ވޯޓަކީ އެއްވެސް ހުސް ގޮނޑިއެއް ދައްކައިގެން ދީފައިވާ ވޯޓެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓާރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.



ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މަޑަވެއްޔަށް ވަަޑައިގެން މުއާޒު ރަައްޔިތުންނާއި ބައްދަލުކޮށް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ގިނަ އަދަދެއްގެ ވޯޓް މަޑަވެލިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވާފައި ކަމަށެެވެ.

މަޑަވެލި ދާއިރާއަކީ މުއާޒު ނިސްބަތްވާ ދާއިރާއެވެ. ކެމްޕެއިނަށް މަޑަވެއްޔަށް ވަޑައިގެން އެކި ޖަލްސާތަކުގައި މުއާޒު ވަނީ މަޑަވެލި ރައްޔިތުން އެދޭ ގޮތާއި، ތަރައްގީއަށް ނިންމާފައިވާ ކަންކަންވެެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރައީސް މުއިއްޒަށް އެދާއިރާއިން ގިނަ ވޯޓް ދީފައިވާ ސަބަބަުންވެސް ހާމަ ކޮށްފައި ވެެއެވެ.

މުއާޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރެވޭނީ ރައީސް މުއިއްޒުގެ މި ސަރުކާރަށް ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަމަށެވެވެ.

“އެއްވެސް ވަރަކަށް އެއްވެސް ހުސް ގޮނޑިއެއް ދައްކައިގެންނޫން މަޑަވެލީގެ ރައްޔިތުން މި ސަރުކާރަށް ވޯޓް ދިނީ” މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މަޑަވެލީގެ ރައްޔިތުން މި ސަރުކާރަށް ދެއްވި ވޯޓަކީ ތަރައްގީއަށް ދެއްވި ވޯޓެއް ކަމަށާއި، އެރަށުގެ ބިން ހިއްކުމާއި، ހައުސިން މަޝްރޫއަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި ކުރައްވާނެ ކަންކަންކަން އެނގޭތީ ރައްޔިތުން ޕީއެންސީއަށް ތާއިދުކޮށް ވޯޓް ދެއްވީ ކަމަށެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް އެންމެ ގިނަ ވޯޓާއި އެކު މަޖިލިސް ގޮނޑި އެ ދާއިރާއިން ކާމިޔާބު ކުރެއްވީވެސް ޕީއެންސީންނެވެ. އެގޮތުން ޕީއެންސީން ވާދަ ކުރެއްވީ މުހައްމަދު ޝަޒީމް ވަނީ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ޝަޒީމް އަށް ލިބުނީ 1272 ވޯޓެެވެ. ޝަޒީމް އާއި ވަދާ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާފިޒު (ޗިކާ) އެވެ.

ޗިކާ އަށް ލިބިފައިވާ ވޯޓްގެ އަދަދަކީ743 ވޯޓެވެ.



More from Huvadhoo News