65 މިލިއަން ރުފިޔާ އެމްއައިބީން ހިއްސާދާރުންނަށް ބަހަނީ

Fri, 26 Apr 2024 08:24 PM

View on this article on Hurihaa.mv

65 މިލިއަން ރުފިޔާ އެމްއައިބީން ހިއްސާދާރުންނަށް ބަހަނީ

މިދިޔަ އަހަރުގެ ފައިދާއިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާދާރުންނަށް ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފި އެވެ.



އެމްއައިބީން ބުނީ ހިއްސާއަކަށް 2.90 ރުފިޔާ ރޭޓުން ޖުމްލަ 65 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އެ ބޭންކު ހިއްސާގެ ބާޒާރުގައި ލިސްޓްކުރި ފަހުން ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

ފައިދާގެ 37 ޕަސެންޓު ހިއްސާދާރުންނަށް ބަހާނީ އެކަން އާންމު ޖަލްސާގައި ހުށަހަޅައި އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަށް ފަހު އެވެ. އެމްއައިބީން ބުނި ގޮތުގައި މި އަހަރުގެ ހިއްސާއަކަށް ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރަށް ވުރުގެ އަދަދަށް ވުރެ 65 ޕަސެންޓު ބޮޑު އަދަދެކެވެ.

އެމްއައިބީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 56 މިލިއަން ރުފިޔާ އިތުރުވުމެކެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 401 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

މި އަހަރު ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 8 ގެ ނިޔަލަށް ހިއްސާދާރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ.




More from Hurihaa.mv