ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު، ރައީސް ޔާމީން މިނިވަންވެއްޖެ

Thu, 18 Apr 2024 05:53 PM

View on this article on Hurihaa.mv

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު، ރައީސް ޔާމީން މިނިވަންވެއްޖެ

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ނިންމައި، ރައީސް ޔާމީން މިނިވަންކޮށްފި އެވެ.



ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގެ ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ނުނިމި ލަސްވާތީ އެމަނިކުފާނާއި ވަކީލުން ވެސް ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ މިއަދަށް ތާވާލުކުރުމުން ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ ކުރީގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް އިއްވެވުމަށް މިއަދަށް ތަވާލުކުރެއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް ފަނޑިޔާރު ހުޒައިފާ މުހައްމަދު މިއަދު އިއްވަވަނީ.

މިއަދު ހުކުމް އިއްވި ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. އެ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. އެ ތިން ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ހުޒައިފާގެ ރައުޔަށް ތާއީދުކުރައްވައިފަ އެވެ. ތަފުސީލް އަންނަނީ ---




More from Hurihaa.mv