ކަރިސްމާ ލައިގެން މިހުރި ހެދުމުގެ އަގު އެނގޭތަ؟

Thu, 02 May 2024 04:56 AM

View on this article on Hurihaa.mv

ކަރިސްމާ ލައިގެން މިހުރި ހެދުމުގެ އަގު އެނގޭތަ؟

ބޮލީވުޑްގެ ތަރިންނަކީ އަބަދުވެސް ތަފާތު ފެޝަންތަކަށް ލޯބިކުރާ ބައެކެވެ. ބައެއް ފަހަރު އެ ފެޝަން ވެގެން ދަނީ ޖީބަށް ވެސް ބަރު ކަމަކަށެވެ.



އެގޮތުން ދާދި ފަހުން ބޮލީވުޑްގެ އެކްޓްރެސް ކަރިސްމާ ކަޕޫރު ލައިގެން ހުރި ހެދުމަކީ ވެސް އޭގެ މިސާލެކެވެ. ކަލްޔާން ޖުވެލާސްގެ އިވެންޓަކަށް ކަރިސްމާ ޚިޔާރުކުރި އެ ހެދުމުގެ އަގަކީ ހަތަރު ލައްކަ އިންޑިއާ ރުޕީސް އެވެ.

މަޑު ފެހި ކުލައެއްގެ އެ އަނާރްކަލީ ސޫޓްއަކީ މިނާ ބޭނުންކޮށްގެން ޖަރީ ކުރެވިފައިވާ ވަރަށް ރީތި އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ހެދުމެެކެވެ.

ރީތޫ ކުމާރުގެ ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ މި ހެދުމާއެކު ކަރިސްމާ ބޭނުން ކޮށްފައިވަނީ ޗުރިދާރް ހަރުވާޅަކާއި ހަމަ އެ ކުލައިގެ ނެޓް ފޮތީގެ ދޯޕައްޓާ އެކެވެ.

ކަރިސްމާ ކަޕޫރުގެ ފެޝަންއަކީ އަހަރުތަކުގެ ތެރޭގައި ގިނަ ބަޔަކަށް ކަމުގޮސްފައިވާ ފެޝަން އެކެވެ. އެގޮތުން އޭނާގެ ބައެއް ހެދުންތަކަކީ ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ކޮސްޓިއުމްތަކެކެވެ.




More from Hurihaa.mv