ހޫނު ދުވަސްތަކުގައި ލޮލުގެ ރައްކާތެރިކަމަށް ސަމާލުވޭ!

Thu, 02 May 2024 04:55 AM

View on this article on Hurihaa.mv

ހޫނު ދުވަސްތަކުގައި ލޮލުގެ ރައްކާތެރިކަމަށް ސަމާލުވޭ!

ހޫނު ދުވަސްވަރުގައި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ލޮލަކީ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަނަށް ވާއިރު ހޫނު ދުވަސްވަރު ލޮލުގެ ސިއްހަތަށް އިތުރަށް ފަރުވާތެރިވާން ޖެހެ އެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:



ލޮލުގެ ތެތްކަން ހިފެހެއްޓުން

ލޯ މާބޮޑަށް ހިކިވިޔަ ނުދީ ތެތްކަން ހިފެހެއްޓުމަކީ ލޮލުގެ ދުޅަހެޔޮ ކަމަށް އެންމެ މުހިއްމު އެއް ކަމެވެ. އެގޮތުން އިރުއިރުކޮޅުނު ފިނިކުރި ފެނުން ލޯ ދޮވުމަކީ ކުރެވިދާނެ ކަމެކެވެ.

މޮ ބޮޑަށް ލޯ ނުއުނގުޅުން

ހޫނު މޫސުމުގައި ލޯ ކަހައި ހިރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް މާ ބޮޑަށް ލޯ އުނގުޅުމަކީ ލޯ ރަތްވެ ލޮލުގެ ނާރުތަކަށް ގެއްލުން ލިބޭ ކަމެކެވެ.

ސްކްރީން ވަގުތު މަދު ކުރުން

ދިރިއުޅުމުގެ ބައެއް އާދަތަކުގެ ސަބަބުން ވެސް ލޮލަށް ގެއްލުން ލިބޭއިިރު ހޫނު މޫސުމުގައި މި އާދަތަކުން ދުރުވުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މޮބައިލް ފޯނާއި ޓީވީ އަދި ލެޕްޓޮޕް ބޭނުންކުރާ ވަގުތު މަދު ކުރެވިދާނެ އެވެ.

ރައްކާތެރި ކަމުގެ އާލާތްތައް ބޭނުން ކުރުން

ހޫނު މޫސުމުގައި ލޮލަށް އެންމެ ބޮޑު ގެއްލުމެއް ދޭ އެއް ކަމަކީ އިރުގެ އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތަކެވެ. މިކަމުން ސަލާމަތް ވުމަށްޓަކައި އަވި އައިނާއި ތޮފި ފަދަ ތަކެތި ބޭނުން ކުރުން އެދެވިގެންވެ އެވެ.




More from Hurihaa.mv