ބޮލީވުޑްގެ 3 "ޚާން" އެކުގައި ފެނިދާނެ ކަމުގެ އިޝާރާތެއް!

Thu, 02 May 2024 04:55 AM

View on this article on Hurihaa.mv

ބޮލީވުޑްގެ 3 "ޚާން" އެކުގައި ފެނިދާނެ ކަމުގެ އިޝާރާތެއް!

ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އަދި އާމިރު ޚާން އެކުގައި އެވޯޑު ޝޯތަކުންނާއި ޓީވީ ޝޯތަކުން އެކި ފަހަރުމަތިން ފެނިފައިވާ ނަމަވެސް އެ ތިން ތަރިން އެކުގައި ފިލްމަކުން މިހާތަނަށް ފެނިފައެއް ނުވެ އެވެ.



އެހެން ނަމަވެސް މި ތިން ތަރިންގެ ފިލްމަކަށް އިންތިޒާރު ކޮށްގެން ތިބި ބެލުންތެރިންނަށް އަނެއްކާ ވެސް މިވަނީ މުޅިން އާ އުއްމީދެއް ލިބިފަ އެވެ.

"ދަ ގްރޭޓް ކަޕިލް ޝަރްމާ ޝޯ"ގައި ވާހަކަ ދައްކަމުން އާމިރު ޚާން ބުނީ ސަލްމާންއާއި ޝާހްރުކް ޚާންއާ އެކު ފިލްމެއް އުފެއްދުމުގެ ހިޔާލު އެ ދެތަރިންނާއެކު ވަރަށް ފަހުން ހިއްސާ ކޮށްފައިވާނެ ކަމަށެެވެ.

އެ ތިން ތަރިން އެކުގައި އެންމެ ފިލްމަކުން ނަމަވެސް ނުފެނުމަކީ ބެލުންތެރިންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ބުނަމުން އާމިރު އިތުރަށް ބުނީ ތިން ތަރިން މަސައްކަތް ކުރަން ރަނގަޅު ސްކްރިޕްޓެއް ހޯދަން ނިންމާފައިވާނެ ކަމަށެވެ.

އެފަދަ އުފެއްދުމެއް ޑައިރެކްޓް ކުރެވޭނީ ކޮން ޑައިރެކްޓަރެއްތޯ ސުވާލު ކުރެވުމުން އާމިރު ބުނީ އެސް އެސް ރާޖާމޫލީއަށް އެކަން ކުރެވިދާނެ ކަމަށެވެ.

90ގެ އަހަރުތަކުގައި އެ ތިން ތަރިންގެ ތެރެއިން ދެ ތަރިން އެކުގައި ބައެއް ފިލްމުތަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ސަލްމާންއާއި ޝާހްރުކްގެ "ކަރަން އަރްޖުން"އާއި އާމިރު އަދި ސަލްމާންގެ "އަންދާޒް އަޕްނާ އަޕްނާ" ހިމެނެ އެވެ.




More from Hurihaa.mv