އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ، ޑިމޮކްރެޓްސްގެ ހަރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

Mon, 29 May 2023 06:10 PM

View on this article on Furathama

އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ، ޑިމޮކްރެޓްސްގެ ހަރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީގެ މައި ހަރުގެ ތެރެއަށް ވަދެ، ދަ ޑިމޮކްރެޓްސްގެ ހަރުގޭގެ ގޮތުގައި ބޭނުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ، ދަ ޑިމޮކްރެޓްސް އިން ވަނީ އެ ހަރުގޭގައި ބޭނުންކުރަމުންދިޔަ ބެނާތައް ވެސް ނަގައިފައެވެ. މިހާރު ކުރިއަށްދަނީ އެ ތަން ސާފުކުރުމުގެ މަސައްކަތެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ޑިމޮރެޓްސް އިން ހަރުގެ ތެރެއަށް ވަދެ، ފުރަތަމަ ކޮށްފައިވާ މަސައްކަތަކީ ހަރުގެ ބޭރުން ފެންނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯ ހިމެނޭ ބޮޑު ބެނާ ނެގުމުގެ މަސައްކަތެވެ. އޭގެ އިތުރުން އެތަނުގެ ތެރޭގައި އެމްޑީޕީގެ ރަސްމީ ކުލަ، ރީނދޫ ކުލަ ލާފައިވާ ބައެއް ތަކެތި ވެސް އެތަނުން ވަނީ ނަގައިފައެވެ.

އެމްޑީޕީ މައި ހަރުގެއަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައި ހުޅުވާފައި ހުންނަ ހަރުގެއެކެވެ. އެމްޑީޕީގައި އުފެދިފައިވާ މައްސަލައިގެ ތެރެއިން ޝަފިއްޔާ ވަނީ އެތަން ހުސްކުރުމަށް އެމްޑީޕީއަށް އަންގައިފައެވެ.

ޑިމޮކްރެޓްސް އިން ހަރުގެ ތެރެއަށް ވަންް އިރު، ޝަފިއްޔާ ވެސް އެތަނުގެ ކުރިމަތީގައި ހުއްޓެވެ. އެތަނުގައި ހުރެ ނޫސްވެރިންނަށް މައުލޫމާތުދެމުން ޝަފިއްޔާ ބުނީ އެތަން މިހާރު ދީފައިވާނީ ސިޔާސީ ޕާޓީއަކަށް ނޫން ކަމަށާއި އެތަން ކުއްޔަށް ދީފައިވާނީ ވިޔަފާރިވެރިއަކަށް ކަމަށެވެ. ނަމަވެސް ޝަަފިއްޔާ، އެ ވިޔަފާރިވެރިޔާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސް އަކީ ނަޝީދުގެ “ފިކުރެއްގެ ދިރުން” ކޯލިޝަންގެ މެންބަރުން އެމްޑީޕީން ވަކިވެ އުފައްދާފައިވާ ޕާޓީއެކެވެ. އެ ކޯލިޝަންގެ އިސް ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް, ނަޝީދު އަދި އެ ޕާޓީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

The post އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ، ޑިމޮކްރެޓްސްގެ ހަރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި appeared first on Furathama.



More from Furathama