ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ

Thu, 18 Jul 2024 12:00 PM

View on this article on Furathama

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު، މޫމިނާ ޙުސައިންފުޅު އަވާހަރަވެއްޖެއެވެ. 



އުމުރުފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއިން އެކްސްގައި މިއަދު ކުރި ތައުޒިޔާގެ ޕޯސްޓެއްގައި ބުނީ، ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި އެ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން ރައީސް ޞާލިޙަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

މުއުމިނާ ޙުސައިން ފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޞާލީހްގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ އާއިލާ އަށް ހިތުގެ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

The post ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ appeared first on Furathama.



More from Furathama