ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

Fri, 26 May 2023 06:58 PM

View on this article on Furathama

ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންކަމަށެވެ. އެގޮތުން މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބިކަމަށް ވިދާޅުވެފައިވެއެވެ. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާކަމަށްވެސް އިތުރަށް ވިދާޅުވެފައިވެއެވެ.

ސިޕީ ޙަމީދު ވިދާޅުވީ ނައީމާގެ މަރުގެ މައްސަލަ ތަޙްޤީޤް ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުޙައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި، ނ.އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

ނައީމާ މަރުވެފައި އޮއްވައި ފެނުން ދުވަހު، ނަޢީމާ ދިރިއުޅުން ގެ ކާއިރއަށް ދިއަ މީހުންގެ ސާމްޕަލާއި، އިނގިލީގެ ނިޝާން ވެސް މީގެ ކުރިންވަނީ ނަގާފައެވެ.

The post ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި appeared first on Furathama.



More from Furathama