ފެންގަނޑެއް ކައިރިއަށް ފާޚާނާކުރަން ދިއަ މީހެއްގެ އަތް ކިނބުލެއް ކާލައިފި

Fri, 26 May 2023 02:58 PM

View on this article on Furathama

ފެންގަނޑެއް ކައިރިއަށް ފާޚާނާކުރަން ދިއަ މީހެއްގެ އަތް ކިނބުލެއް ކާލައިފި

ފްލޮރިޑާގައި ފެންގަނޑެއް ކައިރިއަށް ފާޚާނާކުރަން ދިއަ މީހެއްގެ އެއް އަތް ކިނބުލެއް ކާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގި މިހާދިސާގައި ކާލާފައިވަނީ އުމުރުން 23 އަހަރުގެ ޖޯޑަން ރިވެރާ ނަމަކަށްކިޔާ މީހެއްގެ ކަނާއަތެވެ. ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފްލޮރިޑާގެ ޕޯޓް ޝާލޮޓްގެ ބެންޑިޓޯސް ބާގައި ހުރެފައި އެތަނުގެ ފުރަގަހުގައި އޮން އެ ފެންގަނޑު ކައިރިއަށް އޭނާ ދިޔައީ ފާޚާނާކައިރީގައި ދިގު ކިއުއެއް އޮތުމުންނެވެ.

“އަހަރެންނަށް ހަމަ ފެނުނީ ލޭކް، ހަމަ އެކޮޅަށް ގޮސް ފާޚާނާ ކުރަން އުޅުނީ. ކޮންމެސް ކަމެއްވިކަން އެނގުން. އަހަރެން ވެއްޓުނީ ފެންގަނޑަށް. އެއީ އަހަރެން ހަނދާން ހުރި ވަރަކީ” އޭނާ ބުންޏެވެ. އޭނާ ހޭ އެރިއިރު އޮތީ ހޮސްޕިޓަލްގައެވެ. އެއިރު އޭނާގެ ކަނާތެއް ނެތެވެ.

އެ ސަރަހައްދުގައި ދިހަ ފޫޓުގެ ކިނބުލެއް ދިރިއުޅޭ ކަމަށް ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަން (އެފްޑަބްލިއުސީ) އިން ބުނެއެވެ.

އެފްޑަބްލިއުސީގެ އޮފިޝަލުންގެ އިތުރުން ޝާލޮޓް ކައުންޓީ ޝެރިފް އޮފީހާއި އީއެމްއެސްގެ ފަސްޓް ރެސްޕޮންޑަރުން ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކިނބުލެއް ދަތްއެޅި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓް ކުރުމުން ޖަވާބުދާރީވެފައެވެ.

މި ހާދިސާއަށްފަހު ފްލޮރިޑާ ފިޝް އެންޑް ވައިލްޑްލައިފް ކޮންޒަވޭޝަން ކޮމިޝަނުން ޕްރޮފެޝަނަލް ކިނބޫ ޓްރެޕަރެއް ހޯދައި، 10.5 ފޫޓުގެ ކިނބުލެއް ވަނީ އެ ސަރަހައްދުން ހޯދާފައެވެ.

ރިވެރާ އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނައިރު، އޭނާ ބުނީ އޭނާގެ ފުރާނައެއް ނުގެއްލޭކަމަށާއި، ގެއްލުނީ އަތެއް ކަމަށާއި، އެއީ ދުނިޔޭގެ ނިމުން ނޫންކަމަށެވެ.

The post ފެންގަނޑެއް ކައިރިއަށް ފާޚާނާކުރަން ދިއަ މީހެއްގެ އަތް ކިނބުލެއް ކާލައިފި appeared first on Furathama.



More from Furathama