ކުރިންވެސް އިޢްލާންކުރިގޮތަށް މި މަހު 30 ގައި ކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓް އަޅަން ފަށަނީ

Thu, 25 May 2023 03:40 PM

View on this article on Furathama

ކުރިންވެސް އިޢްލާންކުރިގޮތަށް މި މަހު 30 ގައި ކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓް އަޅަން ފަށަނީ

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް އެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑްވިސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ އެ އެއާޕޯޓްގައި ހައްލުކުރަން ހުރިކަންކަން ހައްލުކޮށް ނިމިފައިވާކަމަށެވެ. އަދި ހުރިހާ ޑޮމެސްޓިކް އެއާލައިންތަކަށް އެ އެއާޕޯތް ހުޅުވާލެވިފައިކަމަށާއި، ދަތުރުތައް މިރޭވެސް ފެށި ދާނެކަމަށެވެ.

މި މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޝެޑިއުލް ފްލައިޓް އަޅާނެކަމަށް މޯލްޑިވިއަންއިން ކުރިން އިޢްލާންކުރި ނަމަވެސް އެކަން މަޑުޖައްސާލިކަމަށްވެސް ފަހުން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހް މިއަދު “ފުރަތަމަ” އަށް ވިދާޅުވީ ކުރިންވެސް ޝެޑިއުލް ކުރެވުން ގޮތަށް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓް ރޭގަނޑު ކުޅުދުއްފުއްޓަށް ދަތުރު ކުރަން ފަށާނެކަމަށެވެ. އަދި މީގެ ބައި ގަޑިއިރެއްހާއިރު ކުރިން ރިޒަވޭޝަންއަށް ހުޅުވާލާފައިވާކަމަށެވެ.

މުޝިލް ވިދާޅުވީ ރޭގަނޑު ދަތުރުކުރަން ފެށުމުން ކުޅުދުއްފުއްޓަށް ދުވާލަކު އަޅަމުން އައި ފްލައިޓްގެ އަދަދު 3 ފްލައިޓަށް އިތުރުވާނެ ކަމަށެވެ.

ޤައުމީ އެއާލައިން އިން ބުނިގޮތުގައި ކުޅުދުއްފުއްޓަށް ރޭގަނޑު އަޅާ ފްލައިޓް މާލެއިން ފުރުމަށް ޝެޑިއުލް ކޮށްފައިވަނީ 18:50 ގައެވެ. އަދި ކުޅުދުއްފުށިން ފުރާނީ 20:15 ގައެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަން އިން ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެރެއެވެ.

The post ކުރިންވެސް އިޢްލާންކުރިގޮތަށް މި މަހު 30 ގައި ކުޅުދުއްފުއްޓަށް ރޭގަނޑު ފްލައިޓް އަޅަން ފަށަނީ appeared first on Furathama.



More from Furathama