މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި، މީހަކު ނިޔާވެއްޖެ

Thu, 25 May 2023 12:29 PM

View on this article on Furathama

މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި، މީހަކު ނިޔާވެއްޖެ

ނ.މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސްކަވޭޓަރަކީ އެ އެއާޕޯޓް ގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށެވެ.

އެކްސްކަވޭޓަރު ފުރޮޅާލައިގެން އަނިޔާ ލިބުނު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު 9:27 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެކްސްކަވޭޓަރުގެ ޑްރިވަރެވެ.

އެމީހާއަކީ އުމުރުން 35 އަހަރުގެ އިންޑިއާ މީހެއް ކަމަށާއި އެ މީހާގެ ބޯ ފަޅައިގެން ގޮސް، ވާއަތްފަރާތުގެ ކަންފަތުގެ މަތިން 2 އިންޗިއެއްހާ ވަރު ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

The post މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި، މީހަކު ނިޔާވެއްޖެ appeared first on Furathama.



More from Furathama