ބުރުނީގައި ރުކަކުން ޖެހި އެކަކު މަރުވެ، ބަޔަކު ޒަހަމްވެއްޖެ

Sun, 26 Feb 2023 11:13 PM

View on this article on Feshun.mv

ބުރުނީގައި ރުކަކުން ޖެހި އެކަކު މަރުވެ، ބަޔަކު ޒަހަމްވެއްޖެ

ތ. ބުރުނީގައި ރުކަކުން ޖެހި އެކަކު މަރުވެ، ބަޔަކު ޒަހަމްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ބުރުނީގައި ރުކެއް ވައްޓާލައި, ފުރޮޅަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތު މިއަފު ހަވީރު 04:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 4 މީހުންނަށް ބުރުނީ ޞިއްހީމަރުކަޒުުގައި ފަރުވާދިނުމަށްފަހު, ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކި ވަަނީ ނިޔާވެފައެވެ. ފަރުވާދެމުންދާ ތިން މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ނިޔާވި މީހާގެ ހަށިގަނޑާއި އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު, މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އަވަށްޓެރި އިންޑިއާގެ ރައްޔިތެކެވެ. ފަރުވާދެމުންދަނީ ބަންގްލަދޭޝްގެ ރައްޔިތަކާއި އިންޑިއާގެ ދެ ރައްޔިތުންނަށެވެ. މި އެންމެންނަކީވެސް އެމްޓީސީސީގެ މުވައްޒަފުންނެވެ.



More from Feshun.mv