ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

Sun, 12 Feb 2023 12:47 PM

View on this article on Feshun.mv

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

1444 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީގެ އިއުލާނުގައި ވާ ގޮތުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ގައި ދިރިއުޅޭ ފަރާތްތަކުން 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 އަށް ހުށައަޅާފައިވާ ފޯމުތަކުގެ ޖަވާބު މިހާރު ވާނީ އެފަރާތްތަކަށް އަންގާފައެވެ.

އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ، މިނިސްޓްރީގެ ކައުންޓަރަށް ވަޑައިގެން ނުވަތަ މިނިސްޓްރީގެ މެއިލް އަށް މިހިނގާ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުއްވުމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.



More from Feshun.mv