ކަންގަތި އެވޯޑް 2021: އެންމެ ކުރީގައި ބޮޑުފޮޅަދޫ، ފެހެންދޫ އަދި ތުރާކުނު ކައުންސިލް!

Mon, 13 Feb 2023 10:07 PM

View on this article on Feshun.mv

ކަންގަތި އެވޯޑް 2021: އެންމެ ކުރީގައި ބޮޑުފޮޅަދޫ، ފެހެންދޫ އަދި ތުރާކުނު ކައުންސިލް!

2021 ވަނަ އަހަރުގެ "ކަންގަތި އެވޯޑް" މިއަދު އިއުލާނުކުރިއިރު ރަށު ކައުންސިލްތަކުގެ ތެރެއިން "ރަނަހަމާންތި ދަރަޖަ" ބޮޑުފޮޅަދޫ، ފެހެންދޫ އަދި ތުރާކުނު ކައުންސިލަށް އަރުވައިފިއެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ވަނަތައް ހާސިލްކޮށްފައިވާ ރަށުކައުންސިލްތަކަށް ބަލާއިރު ޝަރަފުވެރި 1 ވަނަ ހޯދާފައިވަނީ އއ.ބޮޑުފޮޅުދޫ ކައުންސިލުންނެވެ. އަދި ބ.ފެހެންދޫ ކައުންސިލުން 2 ވަނަ ހޯދިއިރު 3 ވަނަ ދަރަޖަ ހޯދާފައިވަނީ ހއ.ތުރާކުނު ކައުންސިލެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސްގެ 1 ވަނަ ހޯދައި ޅ.ކުރެންދޫ ކައުންސިލުން ވަނީ "މާރާދަ ހަނދާނީ ފިލާ" ހާސިލްކޮށްފައެވެ.

"މާރާދަ ހަނދާނީ ފިލާ" ހާސިލުކުރި ރަށު ކައުންސިލްތަކުގެ ތެރޭގައި ބ.ފެހެންދޫ ކައުންސިލް (އިފެކްޓިވްނަސް އިންޑެކްސް)، އއ.ބޮޑުފޮޅުދޫ ކައުންސިލް (ޕާޓިސިޕޭޝަން އިންޑެކްސް)، ތ.ބުރުނީ ކައުންސިލް (އެކައުންޓިބިލިޓީ އިންޑެކްސް) އަދި ރ.ހުޅުދުއްފާރު ކައުންސިލް (ސެކިއުރިޓީ އިންޑެކްސް) ހިމެނެއެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގައި 2020 ވަނަ އަހަރާއި އަޅާބަލާއިރު 2021 ވަނަ އަހަރު ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ބ.ކަމަދޫ ކައުންސިލުންނެވެ.

2015 ވަނަ އަހަރު އެކުލަވާލާފައިވާ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް ރިވިއު ކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރަމުން އަންނައިރު، އަލަށް އެކުލަވާލާ އިންޑެކްސް 2023 ވަނަ އަހަރުން ފެށިގެން ބޭނުންކުރަންފަށާނެއެވެ. އެއާއެކު ސިޓީ ކައުންސިލްތައްވެސް ރޭންކު ކުރެވިގެންދާނެއެވެ.



More from Feshun.mv