ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އަތުލައިގެންފި

Tue, 14 Feb 2023 01:06 PM

View on this article on Feshun.mv

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އަތުލައިގެންފި

ދިރުވާލައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އަތުލައިގެންފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލަޓްވިއާގެ 49 އަހަރުގެ ފިރިހެނެކެވެ.

"ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން" ދިވެހި ފުލުހުން ވިދާޅުވިއެވެ.

މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލު އަދި ހާމަކޮށްފައި ނުވާއިރު، މިހިނގާ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ވައިގެމަގުން ރާއްޖެއައި ބްރެޒިލްގެ ރައްޔިތެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. 



More from Feshun.mv