ރައީސް މައުމޫން ވިދާޅުވީ ރެއަށްވުރެ ރީތި ރެއެއް އަދި ހަޔާތުގައި ނުފެންނަ ކަމަށް

Sat, 27 Apr 2024 04:29 PM

View on this article on DhiDaily

ރައީސް މައުމޫން ވިދާޅުވީ ރެއަށްވުރެ ރީތި ރެއެއް އަދި ހަޔާތުގައި ނުފެންނަ ކަމަށް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މަސްދަތުރެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ސޯޝަލްމީޑިއާގައި އެ ދަތުރުގެ ތަޖުރިބާ ހިއްސާކުރައްވައިފިއެވެ.



ADVERTISEMENT

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ދަތުރުގެ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.

މައުމޫން ވިދާޅުވީ ‏“ރޭ އަޅުގަނޑު ކަނޑުމަތީގައި މަސްދަތުރެއްގައި ހައެއްކަގަޑިއިރު ހޭދަކުރިން“ ކަމަށެވެ.

ހަނދުއަރާ މަންޒަރު ވެސް ފެނިވަޑައިގެންނެވި ކަމަށާއި މިހާ ރީތި އުޑުމަތި ސާފު ކަނޑުމަޑު ރެއެއް މީގެކުރިން ދުވަހަކު ވެސް ދުށް ހަނދާނެއް ނެތް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

އެކަމަކު މީގެ ބަރާބަރު 50 އަހަރުކުރިން އައި އެޕްރީލު މަހު 26 ވަނަދުވަހުގެ ރޭ ވީ ވަރަށް ވިއްސާރަ ރެޔަކަށް ކަމަށާއި ހަވީރު 5 ޖެހިއިރު އުޑުމައްޗަށް ރީނދޫކުލައަރައި ވިދާ ގުގުރަން ފަށައިފި ކަމަށާއި އެރޭ މެންދަންވަންދެން ގަދަގުގުރީގެ އަޑު ކަނޑައިގެން ނުދާ ކަމަށެވެ.



More from DhiDaily