ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔަކު ހޯދަނީ

Wed, 08 May 2024 04:10 PM

View on this article on DhiDaily

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބަޔަކު ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.



ADVERTISEMENT

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް އެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތްތައް:

އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168، (33އ)

ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، (42އ)

ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ (46އ)

ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ (31އ)

ފުލުހުން ބުނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މެއި 14 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.



More from DhiDaily