އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

Thu, 09 May 2024 09:39 AM

View on this article on DhiDaily

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ އެމްއޯޔޫއެއްގައި ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.



ހައުސިން ޔުނިޓު އަޅަން ހަވާލު ކުރަނީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ. މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.



More from DhiDaily