މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކޮށްފި

Sat, 27 Apr 2024 03:49 PM

View on this article on DhiDaily

މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާހުކޮށް އެ ފޯމަށް ގެނެވިފައިވާ ބަދަލުތައް އާންމުކޮށްފިއެވެ.



މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ 2024 އޭޕްރީލް 24 ،23 ،18، 25 އަދި 28 މިދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00 އަށް އެ މިނިސްޓްރީގެ (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުން ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ފޯމުތައް ހުށަހެޅޭނެ ކަަމަށާއި ހުށަހަޅާ ހުރިހާ ލިޔެކިއުމެއް ވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް  އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ކުރިން އިއުލާނު ކުރުމުން ވޯޓުލުމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން އަލުން ވޯޓުލުމަށް އެދި ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެ ކަމަަށް ވެސް މިނިސްޓްރީން ބުންޏެވެ.



More from DhiDaily