ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ޖޫން 8 ގައި ބާއްވަނީ

Thu, 25 Apr 2024 09:19 PM

View on this article on DhiDaily

ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ޖޫން 8 ގައި ބާއްވަނީ

ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ޖޫން 08 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.



އީސީއިން ބުނީ ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، އިއްޔެއިން ފެށިގެން، މޭ 09 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަމިއްލަ ގޮތުން ކުރިމަތިލާނަމަ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެ މީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ މައުލޫމާތާއި ސޮއި ހުށަހަޅަންޖެހޭނެއެވެ.

ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޕާޓީގެ ގަރާރު ހުށަހަޅަންޖެހޭނެއެވެ.

ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން 08 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.



More from DhiDaily