ކ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

Sun, 05 May 2024 11:39 PM

View on this article on DhiDaily

ކ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ކ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.



ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ ކ.އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް ލެބް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރީ 100 ދުވަސް ތެރޭގައި ނިންމާ ގޮތަށް 2,401,295.33 ރ އަށް ޓިކް ޓެކް އިންވެސްޓްމެންޓް އާއެވެ.

މީގެއިތުރުން މިއަދު ވަނީ ދަރުމަވަންތަ ސްކޫލުގެ ޓާރފް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ 22 ދުވަސް ތެރޭގައި ނިންމާގޮތަށް 1,106,644.66 ރ އަށް ޒެބޮކް އާއެވެ.



More from DhiDaily