ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް އެނބުރިވަޑައިގެންފި

Sun, 05 May 2024 11:59 PM

View on this article on DhiDaily

ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް އެނބުރިވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިރޭ އެނބުރިވަޑައިގެންފިއެވެ.



އެ ދަތުރުފުޅާ ގުޅުން ހުރި އެއްވެސް ތަފުސީލެއް ރައީސް އޮފީހުން ނުދެއެވެ.

މިދިޔަ މާޗު މަހުގެ 21ގައި ވެސް ރައީސާއި ފަސްޓްލޭޑީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. ދެ ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު 23 ވަނަ ދުވަހުގެ ރޭ ދެކަނބަލުން އެނބުރި ވަޑައިގަތެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވިއިރު ވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވިއެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ.



More from DhiDaily