ޔޫއެސް ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ބާއްވާ އެކްސަސައިޒް ”ބްލެކް މަރލިން“ ފަށައިފި

Sun, 05 May 2024 11:49 PM

View on this article on DhiDaily

ޔޫއެސް ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ބާއްވާ އެކްސަސައިޒް ”ބްލެކް މަރލިން“ ފަށައިފި

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ބާއްވާ އެކްސަސައިޒް ”ބްލެކް މަރލިން“ ގެ 4 ވަނަ އެޑިޝަން މިއަދު ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.



މި އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފްއިން ބުނީ އެކްސަސައިޒް ”ބްލެކް މަރލިން“ ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

އޭގެތެރޭގައި އިންޓެލިޖަންސާއި ލޮޖިސްޓިކާއި މެޑިކަލްއާއި އީއޯޑީއާއި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އިންފެންޓްރީ އެސްއެމްއީއީ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލ.ކައްދޫގައެވެ. އަދި އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން ”ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް“ ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.



More from DhiDaily