ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

Wed, 24 Apr 2024 09:59 PM

View on this article on DhiDaily

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.



ފުރުސަތު ހުޅުވައިލައިފައިވަނީ މެއި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުސަތު ހުޅުވައިލައިފައިވަނީ ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުރުކޮށްފައެވެ.

އަލަށް އިތުރުކުރި އެއް ދާއިރާއަކީ ދިވެހި ގައުމިއްޔަތުގެ ދާއިރާއެވެ. އަނެއް ދާއިރާއަކީ ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށްގެންނާއި ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެންނެވެ.

ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ http://apply.presidency.gov.mv އަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.

ގައުމީ އިނާމު މި އަހަރު ދެއްވާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.



More from DhiDaily