މާލެ މަގުމައްޗަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓް ކުރަނީ

Sat, 04 May 2024 02:39 PM

View on this article on DhiDaily

މާލެ މަގުމައްޗަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓް ކުރަނީ

މާލޭ މަގުމައްޗަށް ކުނި އަޅާކަން ފާހަގަކުރެވިގެން ހޯދި ބިދޭސީއަކު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭތީ، އޭނާ ޑީޕޯޓުކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.



މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެ ސަރަހައްދުގެ އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށްވާ އިރު، އެފަދަ އަމަލެއް ކޮށްފި ނަމަ ޖޫރިމަނާ ކުރަނީ އެކަމެއް ކުރާ މީހަކު 500ރ. އިންނެވެ.



More from DhiDaily