ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްފި

Sat, 04 May 2024 02:29 PM

View on this article on DhiDaily

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯރޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިިން އާ ލޯގޯއެއް ތައާރަފުކޮށްފި އެވެ.



ރޭ ބޭއްވި ހަފުލާއެއްގައި ކުންފުނީގެ އާ ލޯގޯ އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެފްޑީސީން އާ ލޯގޯއެއް ތައާރަފުކުރީ ކުންފުނީގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އެކަން ފާހަގަކުރަން ރޭ ބޭއްވި
ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ކުރަމުން އަންނަ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ.

ޙަފުލާގައި ނައިބު ރައީސް ވަނީ އެފްޑީސީގެ ”ކޮލިޓީ އެޝުއަރަންސް އެވޯޑު“ ހާސިލުކުރި ފަރާތަށާއި ”އައުޓްސްޓޭންޑިން ކޮންޓްރިބިއުޓަރ އެވޯޑު“ ހާސިލުކުރި ފަރާތަށް އެވޯޑުތައް ވެސް ހަވާލުކޮށް ދެއްވައިފައެވެ. އަދި އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ދޭ ”އެމްޕްލޯއީ އޮފް ދަ އިޔަ އެވޯޑު“ ވެސް ދީފައިވެ އެވެ.

ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުުގައި އެފްޑީސީ އުފެއްދީ މާޗް 12، 2019 ގަ އެވެ. ކުންފުނީގެ މައިގަނޑު މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅުން ހުރި މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.



More from DhiDaily