މަޖިލިސް 20: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނަކަށް ހީނާ

Fri, 29 Mar 2024 04:29 PM

View on this article on DhiDaily

މަޖިލިސް 20: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނަކަށް ހީނާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާނަކަށް ހީނާ ވަލީދު ހަމަޖައްސައިފިއެވެ.



ޕީއެންސީއިން ބުނީ މަޖިލިސް އިންތިޚާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރާ ޗީފް ސްޕޯކްސް ޕާސަންކަމުގެ މަގާމަށް ހީނާ ވަލީދު އައްޔަންކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާއަކީ ޕީޕީއެމްގެ ވެސް ތަރުޖަމާނެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ. މި އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން 89 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ސްޕޯކްސްޕާސަންއަކީ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެވެ. އެމްޑީޕީގެ ސްޕޯކްސްޕާސަންއަކީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢީސައެވެ.



More from DhiDaily