ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އާާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

Sat, 27 Apr 2024 02:59 PM

View on this article on DhiDaily

ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އާާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އާާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.



މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިލިމާލެ ލޯކަލް މާރުކޭޓުން ހުސްވެފައިވާ 05 ގޮޅިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ގޮޅި އަށް އެދި ހުށަހަޅާފައިވަނީ 10 ފަރާތުން ކަމަށެވެ. އަދި މި 10 ފަރާތުގެ ތެރެއިން 09 ފަރާތުގެ ޝަރުތު ހަމަވާ ކަމަށެވެ.

މި ފަރާތްތަކުގެ ލިސްޓް އިއުލާނާއެކު ވަނީ ހިއްސާކޮށްފައެވެ.

މި ލިސްޓާމެދު ޝަކުވާއެއް ވާނަމަ މިއަދުން ފެށިގެން 03 ދުވަހުގެ ތެރޭގައި އެ އޮފީހުގެ މެއިލް [email protected] މެދުވެރިކޮށް ޝަކުވާ ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.



More from DhiDaily