ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ

Fri, 29 Mar 2024 03:59 PM

View on this article on DhiDaily

ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1,599,113 ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.



މިއީ މީގެކުރީގެ ހަތަރު ރަމަޟާން މަހުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

ތަފާަސްހިސާބުތަކުން ދައްކާ ގޮތުން 1441 ވަނަ އަހަރު މި މުއްދަތުގައި ލިބުނީ 1,533,844 ރުފިޔާއެވެ. އަދި 1442 ވަނަ އަހަރު 977,301 ރުފިޔާ ލިބުނުއިރު 1443 ވަނަ އަހަރު 1,092,547 ރުފިޔާ ލިބުނެވެ. 1444 ވަނަ އަހަރު ލިބުނީ 1,393,707 ރުފިޔާއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު:

އާދައިގެ ހަނޑޫ – 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ – 70 ރުފިޔާ

ރަތް ހަނޑޫ – 80 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު) – 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 125 ރުފިޔާ

އާދައިގެ ފުށް – 10 ރުފިޔާ

އާޓާ ފުށް – 75 ރުފިޔާ

ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެވެ.

އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެއެވެ. ނަމަވެސް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ޒަކާތް ބަލައިގަންނާނީ 9:30 އިން 13:00 އަށް އަދި 31 މާޗްއިން 09 އޭޕްރީލްއަށް 11:00 އިން 14:00 އަށެވެ.



More from DhiDaily