ރިސަޕީ: ޗީޒީ ޕިއްޒާ

Fri, 29 Mar 2024 03:09 PM

View on this article on DhiDaily

ރިސަޕީ: ޗީޒީ ޕިއްޒާ

މިއަދު މިގެނެސްދެނީ ޗީޒީ ޕިއްޒާ ތައްޔާރުކުރާނެގޮތެވެ.



ބޭނުންވާތަކެތި:

  • 300 ގްރާމް ބޯންލެސް ޗިކަން (ކިއުބްކޮށްކޮށާ)
  • 1 ފިޔާ (ކިއުބްކޮށްކޮށަފައި)
  • 1 މިރުސް (ކުދިކޮށްކޮށާފައި)
  • 1/2 ޖޯޑު ލީކްސް
  • 2 ލޮނުމެދު (ގާނާފައި)
  • 1 ސައިސަމްސާ ތެޅިމިރުސްް
  • 2 ސައިސަމްސާ އަސޭމިރުސް
  • 3 ސައިސަމްސާ އޮއިސްޓާ ސޯސް
  • 3 ސައިސަމްސާ ސޯޔާސޯސް
  • ލޮނު (ރަހަލާވަރަށް)
  • 1/3 ގްރީން ކެޕްސިކަމް (ކިއުބްކޮށްކޮށަފައި)
  • 1/3 ރެޑް ކެޕްސިކަމް (ކިއުބްކޮށްކޮށަފައި)
  • ތެޔޮ
  • 3 ސައިސަމްސާ ޕިއްޒާ ސޯސް
  • 3 ފޮތި ޗީސް
  • 1/2 ޖޯޑު މޮޒަރެއްލާ ޗީސް (ގާނާފައި)
  • 1 ޕިއްޒާ ފުއްގަނޑު

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅު މަސްކޮޅު ތައްޓަކަށް އެޅުމަށްފަހު އޭގެތެރެއަށް 2 ސަަމްސާ ސޯޔާސޯސް ކުޑަ ލޮނުކޮޅެއް 1 ސަމްސާ އަސޭމިރުސް އަދި 1 ސަމްސާ ތެޅިމިރުސް އެޅުމަށްފަހު މިކްސް ކޮށްލާށެވެ. ދެން 15 ވަރަކަށް މިނެޓްް ބެހެއްޓުމަށްފަހު ކުޑަ ތެޔޮފޮދެއްގައި މަސްކޮޅު ރޯފިލުވާލާށެވެ.

ދެން ތަވައަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ފިޔާ، މިރުސް ކުޑަކޮށް ވަޅޯ ކޮށްލާށެވެ. ވަޅޯ ވުމުން ލޮނުމެދު، ލީކްސް، އަދި ކެޕްސިކަމް އަޅާ މިނަޓްއެއް ހާއިރު ކުޑަކޮށް ހާކާލާށެވެ. ދެން އޭގެތެރެއަށް އަސޭމިރުސް، ލޮނު، އޮއިސްްޓާ އަދި ސޯޔާސޯސް އަޅާ މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮސްލުމަށްފަހު ރޯފިލުވި ކުކުޅު މަސްކޮޅު އަޅާ މަޑު ގިނީގައި ކުޑަ އިރުކޮޅަކު ހާކާލަށެވެ. މިހާރު މިވަނީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.

ދެން ޕިއްޒާ ފުއްގަނޑުގައި ޕިއްޒާ ސޯސް ހޭކުމަށްފަހު ސްލައިސް ޗީސް ފޮތި ފުއްގަނޑު މަތީ އަތުރާލާށެވެ. ދެން އޭގެ މައްޗައް ތައްޔާރުކުރި މަސްގަނޑު އަޅާ ފަތުރާލުމަށްފަހު ގާނާފައި ހުރި ޗީސްކޮޅު މަސްތަކުގެ މައްޗައް އަޅާލަށެވެ. ދެން 250 ޑިގްރީގައި 10 ވަރަކަށް މިނެޓް ވަންދެން ފިހެލާށެވެ.

މިހާރު މިވަނީ ޗީޒީ ޕިއްޒާ ތައްޔާރުކޮށް ނިމިފައެވެ.



More from DhiDaily