ގޮތް ހުސްވިޔަސް ކަށިން ނެެރެމުން މިދާ ހިތްވަރެއް ގަނެނުލެވޭނެ: އަލައިކާ

Sat, 20 Apr 2024 02:14 PM

View on this article on Dhen.mv

ގޮތް ހުސްވިޔަސް ކަށިން ނެެރެމުން މިދާ ހިތްވަރެއް ގަނެނުލެވޭނެ: އަލައިކާ

ގޮތް ހުސްވިޔަސް ކަށިން ނެެރެމުން މިދާ ހިތްވަރެއް ގަނެނުލެވޭނެ ކަމަށް މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ އައިޝަތު އަލައިކާ އަދުނާނު ބުނެފިއެވެ.

Ads by STELCO

ޑިމޮކްރެޓްސްގެ ކެމްޕޭނުނ ނިންމަން ރޭ ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި  ވާހަކަދައްކަމުން އަލައިކާ ބުނީ އޭނާގެ ހެޔޮ ނިޔަތް ގަނެނުލެވޭނެ ކަމަށެވެ.

“އަތުގައި ލޯލާރި ނެތަސް، ދާނެ ވަޒީފާއެއް ނެތަސް ވަންނާނެ ގެދޮރެއް ނެތަސް، ކުރަމުންދާ ވިޔަފާރިއެއް ނެތަސް، އަޅުގަނޑަށް އާމްދަނީއެއް ލިބޭނެ ހުރިހާ ދޮރެއް ބަންދުކޮށްލާފައި އޮތް ނަމަވެސް މާތް الله އިރާދަފުޅުން އަޅުގަނޑު ހާސިލްކުރި އިލްމާއި ތަޖުރިބާއާ، އަޅުގަނޑުގެ ހިތުގައިވާ ހެޔޮ ނިޔަތާއި އަޅުގަނޑުގެ ކަށިންނެރެމުން މިދާ ހިތްވަރަކީ ގަނެނުލެވޭނެ ނުމެވިކޭނެ ގަދަ އަޒުމެއް،” އަލައިކާ ބުންޏެވެ.

މަޖިލީހަށް ނިކުންނަނީ ހައްދެއްނެތް މިންވަރަށް ހަރަދުބޮޑުވެފައި އޮންނަ މަތިބަރު ސަރުކާރު ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ގާއިމުކުރަން ކުރަން ކަމަށްވެސް އަލައިކާ ބުންޏެވެ.

މީގެ އިތުރުން އަލައިކާ ބުނީ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ނިކުންނަނީ ބޯހިޔާވަހިކަމުގެ ޤާނޫނެއް ވުޖޫދުކޮށް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަަރުކޮށްދޭން ކަމަށެވެ.

''ރައްޔިތުންނަށް ލިބިދެވޭ އެއްވެސް ހިދުމަތެއް، މުދަލެއް ނުވަތަ އެހީއެއް ހޯދުމަށް ސަލާން ޖަހަން މަޖުބޫރުކުރުވާ ކުރުވުން އަޅުގަނޑަށް އޯކޭ އެއް ނޫން''

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ހުޅުވާލާ ބިލާހެއް ފަދަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އިތުރުކުރާ ވަގުތީ ވަޒީފާތައް އަޅުގަނޑަށް އޯކޭއެއް ނޫން” އަލައިކާ ބުންޏެވެ.

މީގެ އިތުރުން ދައުލަތުގެ އެއްވެސް މުދަލެއް، ހިދުމަތެއް ނުވަތަ ވަޒީފާއެއް ވިޔަސް އަދި ޤާނޫނުން ކަށަވަރުވެފައިވާ ހައްގެއް ނުވަތަ މިނިވަންކަމެއްވިޔަސް ލިބި ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުންވެސް “އޯކޭ އެއް ނޫން” ކަމަށް އަލައިކާ ބުންޏެވެ.

ނިންމާލަަމުން އަލައިކާ ބުނީ އޭނާ އަކީ ''ސުޕާ ވުމަން'' ކަމުގައި ނުވިނަމަވެސް އަދި އޯވާ ނައިޓުން މި ހުރިހަ ކަމެއް ނުވި ކަމުގައި ވީނަމަވެސް ހިތްވަރާއި އެކު ރައްޔިތުންގެ ހައްގުތައް ހޯދާ ދިނުމަށް ފުރިހަމަ މަސައްކަތް ކުރާނެ ކަމަށެވެ.





More from Dhen.mv