އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރެއްވި އިތުބާރާއި ތާއީދު: ޝިޔާމް 

Mon, 22 Apr 2024 10:05 AM

View on this article on Dhen.mv

އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރެއްވި އިތުބާރާއި ތާއީދު: ޝިޔާމް 

އިއްޔެ ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސަށް ކުރެއްވި އިތުބާރާއި ތާއީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.



Ads by MWSC

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މަޖިލީސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން 70 އަށްވުރެ ގިނަ ގޮނޑި ނަގާނެ ކަމަށް ރައީސް ޑރ މުހައްމަދުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އަދަދު ދިމާވެފައިވާކަމަށާއި މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާއި އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާދަންނަވާ ކަމަށެވެ.

އަދި މީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.



More from Dhen.mv