ފުޓްބޯޅަ ތަރި ބަކާ ނިޔާވެއްޖެ

Tue, 25 Jun 2024 06:08 PM

View on this article on Dhen.mv

ފުޓްބޯޅަ ތަރި ބަކާ ނިޔާވެއްޖެ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެ އެވެ.



Ads by STELCO

ބަކާއަށް އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގަ އެވެ. އުމުރުން 38 އަހަރުގެ ބަކާ ވަނީ ނިމިދިޔަ ހައްޖު މޫސުމުގެ އަޅުކަން އަދާކޮށްފައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ބަކާގެ ހާލު ސީރިއަސްވީ ގަދައަަށް ހުން އައިސްގެނެވެ.

ބަކާ ނިޔާވީ މިއަދުގެ ވަގުތެއްގައި އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަން ބަކާގެ އާއިލާގެ މީހަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.



More from Dhen.mv