ބޭނުންވަނީ އެއްވަނަ، އެކަމަކު އުންމީދުކުރެވެނީ ދެވަނަ ލިބޭނެކަމަށް: އޮސްޓްރިއާ ކޯޗު

Tue, 25 Jun 2024 06:21 PM

View on this article on Dhen.mv

ބޭނުންވަނީ އެއްވަނަ، އެކަމަކު އުންމީދުކުރެވެނީ ދެވަނަ ލިބޭނެކަމަށް: އޮސްޓްރިއާ ކޯޗު

ބޭނުންވަނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަަައި ދެވަނަ ބުރަަށް ދާންކަމަށާއި، އެހެންނަމަވެސް އުންމީދު ކުރެވެނީ ދެވަނަ މަގާމާއެކު ދެވަނަ ބުރަށް ދެވޭނެކަމަށް އޮސްޓްރިއާގެ ކޯޗު ރަފާ ރަންގްނިކް ބުނެފިއެވެ.



Ads by Hajj Corporation

މިރޭ އޮސްޓްރިއާއާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުގެ ކުރިން މީޑިއާ ވާހަކަދައްކަމުން ރަންގްނިކް ބުނީ ނެދަލެންޑްސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް އެ ޓީމަށް ދެވިދާނެކަމަށެވެ.

އެެހެންނަމަވެސް އެ ޓީމުން މިރޭ ނިކުންނާނީ ނެދަލެންޑްސް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދަންކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެއްވަނަ ލިބޭނީ ފްރާންސްއާއި ޕޮލެންޑު ބައްދަލުކުރާ މެޗުން ފްރާންސް ބަލިވެގެން ކަމަށް ވުމުން އެ ދެކަން އެއްފަހަރާ  ވެދާނެކަމަށް ހީނުވާކަމަށް ރަންގްނިކް ބުންޏެވެ.

އޭނާ ބުނީ އެންކަމުން މިރޭގެ މެޗު ކާމިޔާބުކޮށްގެން ގްރޫޕް ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ ދެވަނަ ބުރަަށް ދާން މަސައްކަތް ކުރާނާނެކަމަށެވެ.

އޮސްޓްރިއާ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ފްރާންސްއަަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް އޮސްޓްރިއާއަށް ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް ޕޮލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޕޮލެންޑު ނޫން އެ ގްރޫޕްގައި ބާކީ އޮތް ތިން ޓީމަށް ވެސް ދެވަ ަބުރަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. ފްރާންސްއަށާއި ނެދަލެންޑްސްއަށް މިހާރު ވެސް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. އޮސްޓްރިއާއަށް ޕޮއިންޓެއް ހޯދައިންގެން ދެވަނަ ބުރަށް ދެވޭނެއެވެ. އޮސްޓްރިއާ ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ނަތީޖާއަށް ބަލައި ދެވަނަ ބުރުން ޖާގައެއް ލިބިދާނެއެވެ.

ސަބަބަކީ ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ.



More from Dhen.mv