ރާއްޖެއަށް މިހާރު ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް: ޝަރީފް 

Mon, 22 Apr 2024 10:33 AM

View on this article on Dhen.mv

ރާއްޖެއަށް މިހާރު ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް: ޝަރީފް 

ސަރުކާރު ހިންގާ ޕީއެންސީ އަށް ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާތީ، ދެން ރާއްޖެ އަށް ބޭނުން ވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.



Ads by MWSC

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ.

އެގޮތުން ފެހި ގާނޫނުއަސާސީން ލިބިދިން މަލްޓި ޕާޓީ ޑިމޮކްރެސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ޚިޔާލާއި ފިކުރާއި ޢަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފުރުސަތު ދީގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކަން ކުރެވޭނީ ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީ އަކީ ވަކި ފިކުރެއް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން ކަމަށެވެ. ޝަރީފް ވަނީ ހޮވުނު ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

އެންމެ ފަހުގެ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލު ކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.



More from Dhen.mv