ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއަށް

Sat, 20 Apr 2024 12:37 PM

View on this article on Dhen.mv

ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއަށް

ތިން ރަށެއްގައި އައު ހޮސްޕިޓަލްތައް އަޅަން ހެލްތް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.



Ads by MWSC

ހެލްތް މިނިސްޓްރީން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ތިން ރަށަކީ މ. މުލި، ރ އަލިފުށީގެ އިތުރުން ނ. މަނަދޫ ކަމަށެވެ.

މިނިސްޓްރީގެ ޕޯސްޓުގައި ބުނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނ މަނަދޫ އަދި މުލީގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ރ އަލިފުށީގައި އަޅަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުއާ ގުޅޭ އިތުުރު މައުލޫމާތެއް މިނިސްޓްރީން ނުވަތަ އެމްޓީސީސީން ހިއްސާއެއް ނުކުރެއެވެ. ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވީ އިތުރު މައުލޫމާތުތައް ފަހުން ހިއްސާކުރާނެ ކަމަށެވެ.

މަނަދޫގައި ޒަމާނީ ހޮސްޕިޓަލެއް ގާއިމު ކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފެބްރުއަރީ މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވެފައެވެ.



More from Dhen.mv