އެންމެ ޒުވާން ކެންޑިޑޭޓު ބުނީ ހައްގުތައް ހިމާޔަތްކުރަން ކެރޭނެ ކަމަށް

Sat, 20 Apr 2024 10:44 AM

View on this article on Dhen.mv

އެންމެ ޒުވާން ކެންޑިޑޭޓު ބުނީ ހައްގުތައް ހިމާޔަތްކުރަން ކެރޭނެ ކަމަށް

މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުވެއްޖެނަމަ ސިޔާސީ ކުލައަކަށް މޫނަކަށް ނުބަލާ، ހައްގުތައް ހިމާޔަތް ކުރަން ކެރިގެން މަސައްކަތްކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ހަމްދާ މުހައްމަދު ބުނެފިއެވެ.



Ads by Sosun Fihaara

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެންމެ ޒުވާން ކެންޑިޑޭޓު ހަމްދާ، ރޭ ރާޅުގަނޑު ސަރަހައްދުގައި ޑިމޮކްރެޓްސްގެ ކެމްޕޭނު ނިންމާ ޖަލްސާގައި ބުނީ، އޭނާ އަކީ އަމިއްލަ ފިކުރުގައި ރައްޔިތުންނާއި ގައުމުގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާނެ މީހެއް ކަމަށެވެ.

އުމުރުން 22 އަހަރުގެ ހަމްދާ ބުނީ ސްކޫލު ދައުރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި ސިޔާސީ ދާއިރާއަށް ނިކުތްއިރު މީގެ ކުރިން އަޑުނާހާ ގިނަ ޝަކުވާތަކެއް އަޑުއަހަން ޖެހިފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން އިސް ބައެއް ބޭފުޅުން ތި ދެއްކެވި ނަމޫނާ ވަޒަން ކުރަން މިއަދު އަޅުގަނޑު ޒުވާނެއްގެ ހައިސިއްޔަތުން ތައްޔާރުކުރަންވީ މާފައްޗެއް ކަމެއް ކަފުނެއް ކަމެއް އަޅުގަނޑަކަށް ނޭނގެ

އޭނާ ބުނީ ގިނަ ރައްޔިތުން ވޯޓުލާން ދާން ބޭނުން ނުވާ ކަމަށެވެ. ނޫނީ މިއީ ރައްޔިތުން ވޯޓުލާ ފަހު ފަހަރު ކަމަށްވުން އެކަށީގެންވާ ކަމަށް ހިތާމައާ އެކު ހަމްދާ ބުންޏެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ އެ ކެންޑިޑޭޓުންނަކީ ސިޔާސީ ދަޅައަކަށް ނުހެއްލޭނެ ކެންޑިޑޭޓުންނަށްވާތީ ކަމަށް ހަމްދާ ބުންޏެވެ. އަދި ބުނީ އެއީ އިތުބާރު ކުރެވޭނެ ކެންޑިޑޭޓުން ކަމަށެވެ.

"އަޅުގަނޑަށް ވޯޓު ދޭންވި މަޖިލީހުގެ ތަޅުމުގައި އަދި ބޭރުގައި އަދަބު އިހްތިރާމާއި އަޚްލާގާއި ސުލޫކު ހިފާއްޓާނެތީ،" ހަމްދާ އަށް ވޯޓު ދޭން ޖެހޭ ސަބަބުން އޭނާ ކިޔައިދިނެވެ.



More from Dhen.mv