ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

Sat, 20 Apr 2024 02:05 AM

View on this article on Dhen.mv

ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

މ. މަޑުއްވަރިން މަހަށް ނުކުމެ އުޅުނު "ފަރިހި 2" ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފިއެވެ.



އެމްއެންޑީއެފުން ބުނީ މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް ޑައިވިން ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އަދި ދޯނި ހޯދުމަށް މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް 114 މިރޭގެ 23:20 އިން ފެށިގެން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ, ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 22:06 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރަން ފުލުހުން އެދެއެވެ.

މަޑުއްވަރީ ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ނިޝާން ''ދެން'' އަށް ވިދާޅުވީ އެ މަޑުއްވަރީ މީހެއްގެ ދޯންޏެއް ކަމަށްވިޔަސް މަހަށް ދިޔައީ އެހެން ރަށަކުން އައި ދެ ފިރިހެނުން ކަމަށެވެ.



More from Dhen.mv