ސެލޫނަކުން ޑްރަގު ހޯދައި ބިދޭސީއަކު ހައްޔަރުކޮށްފި

Fri, 19 Apr 2024 08:58 PM

View on this article on Dhen.mv

ސެލޫނަކުން ޑްރަގު ހޯދައި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ، ގ. މަސްއޮޑި ގޭގައި ހިންގަމުންދާ މިސްޓަ ޓްރިމް ސެލޫން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ޑްރަގް ހޯދައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.



Ads by STELCO

އެކަމެއް މިއަދު ހިނގިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ ބަންގަލަދޭޝްގެ ރުހުލް އަމީން (32އ)އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާގެ އަތުން ފުލުހުން ހޯދާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ 134.59 ގްރާމެވެ.

ކޯޓު އަމުރެއްގެ ދަށުން މިސްޓަ ޓްރިމް ސެލޫނަށް ބަލައި ފާސްކުރަން ދިޔައިރު ރުހުލް އެތާގައި ހުރި ކަމަށާއި އޭނާ އަކީ އެތަނުގައި މަސައްކަތްކުރާ ބޯކޮށާ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އެ ސެލޫން ތެރޭގައި ހުރި ކަބަޑުގެ ދަމާ ވަތްގަނޑު ތެރޭގައި އޮތް ފޮތިކޮޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 108 ސެލޯފިން ކޮޅާއި، ހުސް ސެލޯފިން ކޮޅުތަކެއް ފެނިފައިވާ ކަމަށާއި، އަދި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެހި ހޭކިފައި ހުރި އެއް ޑިޖިޓަލް ކާއްޓާ ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އަދި ހަމަ އެތަނުގައި ހުރި ކަބަޑަކުން ޑްރަގު ކަމަށް ޝައްކުކުރެވޭ 37 ސެލޯފިން ކޮޅާއި، ދެ ޖޫސް ޕެޓީ ކޮތަޅާއި އެއް ފިލްމު ހުސްކުރި ދަޅު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ރުހުލް ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

''ފެނުނު ތަކެއްޗަކީ މީނާގެ އެއްޗެހި ނޫން ކަމަށާއި، އެއީ މަސްއޫދު ކިޔާ މީހަކު ގެންގުޅޭ ގްރޫޕެއްގެ އެއްޗެހި ކަމަށާއި، މީހުން އައިސް އެތަނުން އެއްޗެހި ނަގާ ކަމަށާއި، މީނާ އެކަން މަނާކުރުމުންވެސް އެއްޗެހި ނަގާ ކަމަށް މީނާ ބުނެފައިވޭ'' ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ބިދޭސީ މީހާ އަކީ މަތޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވިސާގައި ރާއްޖޭގައި  މަސައްކަތްކުރަމުންދާ މީހެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.



More from Dhen.mv