އެމްޑީޕީއާ އެއްވާން ބޭނުން، ޝަރުތަކީ 30 ގޮނޑި ދޫކޮށްލުން: ނަޝީދު

Fri, 19 Apr 2024 06:26 PM

View on this article on Dhen.mv

އެމްޑީޕީއާ އެއްވާން ބޭނުން، ޝަރުތަކީ 30 ގޮނޑި ދޫކޮށްލުން: ނަޝީދު

އެމްޑީޕީއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނީ އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ 30 ދާއިރާއެއްގެ ގޮނޑި ޑިމޮކްރެޓުންނަށް ދޫކޮށްލުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.



Ads by Sosun Fihaara

ނަޝީދު އަނބުރާ ސިޔާސީ މަސައްކަތަށް ނިކުމެ ވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝިފާޒްގެ ކެމްޕޭނުގައި މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކެމްޕޭނު ބައްދަލުވުުގައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ހަގީގަތުގައި ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނަސް ވޯޓު ދެއްވަން ކަމަށެވެ. މި ދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން ދުވަހަކުވެސް ހުއްޓާނުލައްވާނެ ކަމަށެވެ.

''89 ގޮނޑީގެ ވޯޓުވެސް އަޅުގަނޑުވެސް އަޅުގަނޑަށް ދެއްވާށޭ'' ނަޝީދު ވިދާޅުވީ 20 ވަނަ މަޖިލީހުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ވޯޓު ވިއްކާލަނެ ބަޔަކަށް ވޯޓި ދީފިނަމަ މިއަދާ ހަމަޔަށް ކުރެވުނު މަސައްކަތް ބީވެގެން ހިނގައިދާނެ ކަމެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރެޓުންގެ ކެންޑިޑޭޓުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެއަށް ފަހު ނަޝީދު ވިދާޅުވި ޑިމޮކްރެޓުންނާ އެމްޑީޕީއާ އެކުވާން ސަޕޯޓަރުން ބޭނުންވާ ކަމަށެވެ.

''އެމްޑީޕީ އެއްވާން އޮތީ މަދުވެގެން 30 ގޮނޑި ޑިމޮކްރެޓުންނަށްދީގެން'' ނަޝީދު ވިދާޅުވިއެވެ.



More from Dhen.mv