ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު، އުކުޅަހަށް ގަލަގިލި ފަޅު ހަމަޖައްސައިފި

Wed, 17 Apr 2024 01:49 PM

View on this article on Dhen.mv

ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު، އުކުޅަހަށް ގަލަގިލި ފަޅު ހަމަޖައްސައިފި

ހއ. ވަނގާރަކީ އެ އަތޮޅު ތުރާކުނުގެ ބައެއްގެ ގޮތުގައި އަދި އއ. ގަލަގިލި ފަޅަކީ އެ އަތޮޅުގެ އުކުޅަހު ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.



Ads by Sosun Fihaara

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނެރުއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ހއ. ތުރާކުނު ބައެއްގެ ގޮތުގައި އަދި ގަލަގިލި ފަޅަކީ އއ. އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބައެއް ރަށްރަށުގެ އިހުސާސް ތެރެއަށް އެ ރަށް ކައިރީގައި އޮންނަ ފަޅުރަށްތަކާއި ފަޅުތައް ދެއްވަމުންނެވެ.

އެގޮތުން އެމަނިކުފާނު މިހާރު ވަނީ އދ. މަހިބަދޫއަށް އދ. މާފަރުފަޅު، އއ. ބޮޑުފޮޅުދޫއަށް އއ. ވެލިދުއްގާ އަދި ނ. މާފަރަށް ނ. ފަރުމުއްޔާއި ކަނޑިންމާހުރާ ހަމަޖައްސާފައެވެ.



More from Dhen.mv