ނަސާރާ ދީނުގެ ކާޑުތައް ބެހި ދެ މީހުންގެ ބަންދަށް 10 ދުވަސް

Fri, 29 Mar 2024 05:26 PM

View on this article on Dhen.mv

ނަސާރާ ދީނުގެ ކާޑުތައް ބެހި ދެ މީހުންގެ ބަންދަށް 10 ދުވަސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ނަސާރާ ދީނުގެ ކާޑުތަކެއް ބެހި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.



މި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖެހިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައިއެވެ.

ނިމިދިޔަ ބުދަ ދުވަހު މި ދެ ބިދޭސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މެއިލް ބޮކްސްތަކަަށް ބައިބަލްގެ ދިވހި ތަރުޖަމާ ބެލޭނެ ލިންކު ކާޑުތަކެއް އަޅާފައިއެވެ.

މި މަންޒަރުފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި މި ކާޑުތަކުގައި ވަނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާދީނުގެ ވެބްސައިޓު ތަކެއްގެ ލިންކުތަކެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މި ދެ ބިދޭސީންނަކީ ޖަރުމަނުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންކަމަށެވެ.އަދި އެ ދެމީހުން ވެސް ރާއްޖެއަށް އައިސްފައި ވަނީ ފަތުރުވެރިންގެ ވިސާގައި ކަމަށްވެސް ފުލުހުން ވަނީ މީޑިއާ މެސެޖެއް މެދުވެރިކޮށް ބުނެފައިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އެ ދީން ފެތުރުމަށް ރާއްޖޭގައި މަސައްކަތްކުރި މައްސަލައެއް ބޮޑުވިއެވެ. އެ މައްސަލާގައި ހިމެނޭ މީހާ ވަނީ އަނބުރާ ރާއްޖެއަށް ނާދެވޭ ގޮތަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.



More from Dhen.mv