އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ: ޚުތުބާ

Fri, 29 Mar 2024 01:09 PM

View on this article on Dhen.mv

އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ: ޚުތުބާ

އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.



Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ"''ކާމިޔާބީތަކެއްގެ މައްސަރު'" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރު ކަމަށް ހުތުބަގައި ބުންޏެވެ.

މިހަނގުރާމައިން އަދުލުވެރިކަމާއި، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ލިބިގެންދާ ކަމަށާއި ސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ޚުތުބާގައި ވަނީ ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާ އަޚުން އަޚުންނާއި، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިކަން ފާހަގަކޮށްފައެވެ.

މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުރި ކަން ފާހަގަކޮށް ހުތުބާގައި ބުނީ ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ހާމަވަގެންދާ ކަމަށެވެ. އަދި ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަތުމަށާއި މުސްލިމުންގެ މޮޓޯ އަކީ "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުން'' ކަމަށް ހުތުބަގައި ބުންޏެވެ.



More from Dhen.mv