ހަމްދާ ހޮވިއްޖެނަމަ މުސާރާގެ 20 ޕަސެންޓް ދޭނީ ދާއިރާގައި ތިބި އެހީ ހައްގުވާ ރައްޔިތުންނަށް

Fri, 29 Mar 2024 12:14 AM

View on this article on Dhen.mv

ހަމްދާ ހޮވިއްޖެނަމަ މުސާރާގެ 20 ޕަސެންޓް ދޭނީ ދާއިރާގައި ތިބި އެހީ ހައްގުވާ ރައްޔިތުންނަށް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަަޖިލީހަށް އިންތިހާބުވެއްޖެނަމަ މުސާރައިގެ ވިހި އިންސައްތަ ދޭނީ ދާއިރާގެ އެހީ ހައްގުވާ ރައްޔިތުންނަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުމާލެ އުތުރަށް ވާދަކުރާ ހަމްދާ މުހައްމަދު ވިދާޅުވެއްޖެއެވެ.



Ads by Sosun Fihaara

އިއްޔެ އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައި ހަމްދާ ވިދާޅުވީ ''ވިލެވުން'' ފައުންޑޭޝަން މެދުވެރިކޮށް  ހައްގުވާ ފަރާތްތަކަށް އެހީ ދިނުމުގެ މަސައްކަތް 2021 ވަނަ އަހަރު ފަށާފައިވާ ކަމަށެވެ. ނަމަވެސް، ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް އެވާހަކަ ދައްކަން މިހާރު މަޖުބޫރުވެއްޖެ ކަމަށް ވިދާޅުވިއެވެ.

ސަބަބެއް ކަމަށް ހަމްދާ ވިދާޅުވީ މި ކެމްޕޭނުގެ ތެރޭގައި ދޮރުން ދޮރަށް ހިނގިއިރު ދާއިރާގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހާމަވެގެން ދިޔުމުންނެވެ.

އެ ވިސްނުމުގައި ހަމްދާ ނިންމާފައިވަނީ މަޖިލިސް އިންތިހާބު ކާމިޔާބުވެއްޖެނަމަ، އޭނާގެ މުސާރައިގެ 20 އިންސައްތަ ދެފުށް ފެންނަ އުސޫލެއްގެ ދަށުން އެހީ ހައްގުވާ މީހުންނަށް ދިނުމަށެވެ. އެކަން ކުރަން އޭނާ ނިންމާފައިވަނީ، ވެބްސައިޓެއް މެދުވެރިކޮށެވެ. އެ ވެބްސައިޓުން 20 އިންސައްތައިގެ އަދަދާއި، އެ ފައިސާ ލިބޭ މީހުންގެ މައުލޫމާތު އެންމެންނަށްވެސް ބެލެން ހުންނާނެ ކަމަށް ހަމްދާ ޕޯސްޓު ކުރި ވީޑިއޯގައި ވިދާޅުވިއެވެ.  އެހެންކަމުން، އެހީއަށް އެދޭ މީހުން އެދެން ވާނީ އެ މައުލޫމާތު އާންމުވިޔަސް މައްސަލައެއް ނެތް ކަމަށް އެއްބަސްވެގެންނެވެ.

ހަމްދާ ވިދާޅުވީ ފައުންޑޭޝަންގެ ތެރެއިން ކޮންމެ މަހަކުވެސް މަދުވެގެން ދާއިރާގެ 10 ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"ހަމައެކަނި ދާއިރާގެ ރައްޔިތުންނަށް އެކަންޏެއްވެސް ނޫން. މި ފައުންޑޭޝަން ހަމަ ބޮޑުވާ ވަރަކަށް ވިޔަފާރިތަކާއި ކޮލެބްކޮށް، އެ އެއްބަސްވެވޭ އުސޫލެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭގޮތް ފުޅާކުރެވޭތޯ، ބޮޑުކުރެވޭތޯ ބަލަމުންދާނަން،" މަޖިލިސް ކާމިޔާބު ކުރެވުނަސް ނުކުރެވުނަސް މިކަން ކުރަމުންދާނެކަން ފާހަގަކޮށް ހަމްދާ ވިދާޅުވިއެވެ.

ވިލެވުން ފައުންޑޭޝަންގެ ދަށުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ ހަމްދާ ދެކެމުން އަންނަ ހުވަފެނެކެވެ. އެހެންކަމުން އެ ހުވަފެނުގައި ކުލަ ޖެއްސުމުގެ ގޮތުން މިހާރު އޭނާ އަންނަނީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.



More from Dhen.mv